Tuesday, 28 July 2026

ލޯންޗެއް ވަގަށް ނަގައިގެން ލޯބިވެރިޔާ ސަލާމަތްކުރަން މާލެ އައި ކުއްޖާ ހޯދައި، އާއިލާއާއި ހަވާލުކޮށްފި

އަންގާރަ ދުވަހުގެ ރޭ މ. ދިއްގަރު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ވަގަށް ނަގައިގެން ލޯބިވެރިޔާ އަނިޔާއިން ސަލާމަތް ކުރުމަށް އައި 14 އަހަރުގެ ފިރިހެން ކުއްޖާއާއި އޭނާގެ ލޯބިވެރިޔާ 13 އަހަރުގެ އަންހެން ކުއްޖާ ފުލުހުން ހޯދައިފި އެވެ.

މ އަތޮޅުން ފުރައިގެން ދެ ގަޑިއިރުގެ ދަތުރަކަށް ފަހު އެ ފިރިހެން ކުއްޖާވަނީ ހުޅުމާލެ ފެރީ ޓާމިނަލްއާ ދިމައަށް ލޯންޗް ގާތްކޮށް ހުޅުމާލެއަށް ފައިބާފައެެވެ. އަދި އެއާއެކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރޭ އަންހެން ކުއްޖާ ގެއްލިގެން އާއިލާއިން ވަނީ ފުލުހުންގެ ހިދުމަތަށް ރިޕޯޓް ކޮށްފަ އެވެ.

ފުލުހުން މިއަދު ބުނިގޮތުގައި ލޯންޗުގައި މާލެ އައިސްފައިވަނީ 14 އަހަރުގެ ކުއްޖެއް ޔަގީންކުރެވިފައިވާކަމަށެވެ. އަދި އެ ކުއްޖާ އާއިލާ އާއި ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފިރިހެންކުއްޖާ ދިގު ދަތުރުކުރުމަށް ބޭނުންކުރި ލޯންޗު ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ފެނިފައިވާކަން ފުލުހުންގެ ޚިދުމަތުންވަނީ ކަށަވަރުކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *