ބިދޭސީންގެ މައްސަލައަށް ހައްލެށް ހޯދުމުގެ ގޮތުން މިއަށްނަ މަހުން ރަށް ރަށުގައި ދިރިއުޅޭ ބިދޭސީންގެ ފޮޓޯ އާއި ފިންގާ ޕްރިންޓް ނަގަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވީ ވަޒީރުންނާ ސުވާލު ކުރާ ފޯރަމް ‘އަހާ’ ގައި މީހެއް ކުރި ސުވާލަކަށް ޖަވާބު ދެމުން އިހުސާން ވިދާޅުވީ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބިދޭސީންގެ ފޮޓޯ އާއި ފިންގާ ޕްރިންޓް ނެގުމަށް ތައްޔާރު ވެފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާއި ފިންގާޕްރިންޓް ނެގުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް މިނިސަޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ޕޮޓޯ އާއި ފިންގާ ޕްރިންޓް ނަގައި ވޯކް ޕާމިޓްއާ ދިމާވޭތޯ ބަލައި އަދި ވޯކް ޕާމިޓްނެތި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ތިބީ ކޮއްބަޔެއް ނުވަތަ ކާކުގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސާއްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތިގައި ބައެއް މީހުނަކީ އެއްވެސް ކަހަލަގެ އައިޑެންޓިފިކޭށަންއެށް ނެތް މީހުންކަމަށާއި ބަޔެއް މީހުން އަތުގައި ޕާސްޕޯޓްވެސް ނޯންނާތީ ވެރިފައި ކުރުވޭނެ ގޮތެއް ނޯންނަ ކަމަށެވެ.
އިހުސާން އިތުރަށް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ދޭނެ ކަމަށާއި އެ ފުރުސަތުގައި ރަޖިސްޓަރީވެ ގާނޫނުގެ ތެރެއަށް ނުވަދެއްޖެ ނަމަ އެގައެއްގެ އެމްބަސީއާ މަޝްވަރާކޮއް ޓްރެވެލް ޑޮކިއުމެންޓް ހަދައިގެން ޑީޕޯޓް ކުރާނެ ކަމަށެވެ.


