ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން ދިޔަ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެ އިން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެމީހާ ފެނުނުއިރުވެސް ހަރަކާތެއް ނެތެވެ. އެހެންނަމަވެސް އެމީހާ އިތުރު ތަފްސީލެއް ދެވޭނީ ޑޮކްޓަރުން ވަކި ގޮތެއް ނިންމުމުންކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމީހާ ކާށިދޫ ސިއްޙީ މަރުކަޒަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލައި އެ އިން ދަތުރުކުރި ފަސް މީހުން ކަނޑުވި ކަމަށެވެ.
އެކަމަކު، އޭގެ ތެރެއިން ހަތަރު މީހަކު ރޭ ފަތިހު ސީއެމްބިއުލެންސަށް ނަގާފައިވާ ކަމަށާއި ބިދޭސީމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވަރަށް މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.


