Tuesday, 28 July 2026

އަންނަ އަހަރުގެ ސުކޫލު ބޮޑު ޗުއްޓީ ދިމާވަނީ ރޯދަމަހަށް

މި އަންނަ މަހު 26 ގައި ފަށާ ދިރާސީ އައު އަހަރުގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ މާޗް މަހަށް ބަދަލު ކުރުމުން ސްކޫލް އަހަރީ ޗުއްޓީ ރޯދަމަހާ ދިމާވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނެރުނު އެކަޑަމިކް ކަލަންޑަރުގައި ވަނީ މިފެށޭ ދިރާސީ އައެ އަހަރުގެ ކިޔެވުން 2025 ވަނަ އަހަރުގެ ފެބްރުއަރީއަށް ނިންމާ، ފެބްރުއަރީން މާޗަށް އަހަރީ ޗުއްޓީ ހެދުމަށެވެ. އެކަލަންޑަރުގައި ވާގޮތުން ޓީޗަރުން ސްކޫލަށް ނުކުންނަން ފަށަން ޖެހޭ ދުވަހަކީ މާރޗް ފަހެކެވެ. ކުދިން ސްކޫލަށް ނުކުއްނަން ޖެހޭ ދުވަހެއް ކަމަށް އޮތީ 9 މާޗްގައި ކަމަށެވެ.

ނަމަވެސް އެކަޑަމިކް ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސް ސުކޫލުތަކަށް މިނިސްޓްރީއިން ފޮނުވި ފައިނަލް ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންގެ ދެވަނަ ޓާމްގެ ކިޔެވުން ނިމި އަހަރީ ޗުއްޓީ ލިބޭނީ ލިބޭނީ 2025 ވަނަ އަހަރުގެ މާޗް ނުވައަކުން އޭޕްރީލް ތިނެކަށެވެ. 2025 ވަނަ އަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފަށަން އެ ކަލަންޑަރުގައި ވަނީ އޭޕްރީލް ހައެއްގަ އެވެ.

އަންނަ އަހަރުގެ ރަމަޞާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުގައި އޮތީ ފެބްރުއަރީ 28 އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ދިރާސީ އައު އަހަރު ފަށަނީ ޖެނުއަރީގައެވެ. އަދި ނިންމާ ސްކޫލް ބޮޑު ޗުއްޓީ ދެމުންއައީ ޑިސެމްބަރު މަހުގައި ނަމަވެސް ކޮވިޑް19 ގެ ސަބަބުން މުޅި ރާއްޖެ ހުއްޓިފައި އޮތުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އެދުމުގެ މަތިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނި ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލު ކޮށްދެއްވާފައެވެ.

ނަމަވެސް އެ ދުވަސްވަރަކީ ކަނޑުގަދަ ވިއްސާރަ ދުވަސްތަކަކަށް ވުމުން އާންމުން ނުރުހުން ފާޅުކުރުމާއި ގުޅިގެން ޖެނުއަރީއަށް ދިރާސީ އައު އަހަރުގެ ކިޔެވުން ބަދަލު ކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ވައުދެއްގެ ގޮތުގައި ވެފައިވާ ވައުދެއްވެސްމެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *