Tuesday, 28 July 2026

ބިންވެރިޔާ ސްކީމްގެ ގޯތިތައް ތިން މަސްތެރޭގައި ހަވާލުކުރުން ލާޒިމްކުރާ ބިލް ފާސްކޮށްފި

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބި ހަވާލުކޮށްފައިނުވާ މީހުންގެ ގޯތިތައް ތިން މަސް ތެރޭގައި ހަވާލުކުރުން ލާޒިމް ކުރާ ބިމާބެހޭ ގާނޫނުގެ ބިލް މިއަދު މަޖިލީހުން ފާސް ކޮށްފިއެވެ.

ދާއިމީ ލިސްޓު އާންމުކުރިފަހުން އެތައް ދުވަހެއް ވީއިރުވެސް ގޯތިތައް ހަވާލު ކޮށްފައި ނުވާކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހު މިއަދު ފާސްވެފައިވަނީ ވޯޓް ދެއްވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި މި އިސްލާހާ ދެކޮޅަށް އެއްވެސް މެމްބަރެއް ވޯޓުދީފައެއް ނުވެއެވެ.

ކުރީ ސަރުކާރުން ބިންވެރިޔާގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގެ ދެވަނަ އަދި ތިންވަން ފިޔަވަހީގެ އިތުރުން ގުޅީފަޅާއި ގިރާވަރު ފަޅުން ދޫކޮއްފައި އޮއްވާ ގޯތިތައް އޭގެ ވެރިންނަށް ހަވާލުކޮށްފައި ނުވާކަމަށް ބުނެ ތިންމަސް ތެރޭގައި ހަވާލުކުރުން ލާޒިމްކުރާ މި ބިލް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ތެރޭގައި އެ ގޯތިތައް ހަވާލު ކުރަން ޖެހޭނެ އެވެ. އަދި މިހާތަނަށް ސަރުކާރުން ހަވާލު ކޮށްފައިނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމްގެދަށުން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް ކުރީ ސަރުކާރުން އިއުލާނުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަސްތެރޭގައެވެ. އަދި އޭރު ކުރީ ސަރުކާރުން ވަނީ ވަރަށް ގިނަ ބަޔަކަށް ގޯތީގެ ރަޖިސްޓަރީ ވެސް ހަވާލުކޮށްފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *