މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމަޔަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރުނުއިރު ވަނީ މިއަދު މެންދުރު 13:30 އިން މިރޭ 19:00 އާއި ހަމަޔަށް މި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ.
ގަދަ ހޫނަށް ފަހު އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރި އެވެ. މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ބ. ގޮއިދޫއަށެވެ. އެ ރަށަށް 81 މިލިމީޓަރުގެ ވާރޭވެހުނެވެ.
މިއަދުވެސް މެޓުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.


