ސިފައިންނަށް އަޅާފައިވާ ސިފްކޯ ހިޔާގެ ފުލެޓްތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޭންމަ އެތަންތަން އަތުލާނެ ކަމުގެ އިންޒާރު ސިފައިންގެއިން ދީފި އެވެ.
ސިފްކޯގެ ފްލެޓްތަކަކީ ކުއްޔަށް ނުދިނުމަށް ޝަރުތުކޮށް ދީފައިވާ ތަންތަން ނަމަވެސް މިފަހަކަށް އައިސް ސިފްކޯ ހިޔާގެ ފްލެޓްތަށް ވިއްކަން އަދި ކުއްޔަށް ދޭންކަމަށް ފާހަގަ ކުރެވިގެން، ސިފްކޯގެ ފްލެޓްތަށް ގަވައިދާ ހިލާފަށް ކުއްޔަށްދޭނަމަ އެތަންތަން އަތުލާނެ ކަމަށް އަންގައި ސިޓީ ފޮނުވާފައިވާނެ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ސިފްކޯ ހިޔާއަކީ 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން ގެ ވެރިކަމުގައި ސިފައިނގެ އައިލާތަކަށް ބޯހިޔާވަހި ކަމެއް ހޯދައިދިނުމަށްޓަކައި ފެށި މަޝަރޫއު އެކެވެ. ސިފްކޯހިޔާ ތިން ތަވަރުގެ މަސައްކަތް ނިއްމާ މީހުން އެތަނުގައި ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ ފަހު ކޮޅުގަ އެވެ.


