Tuesday, 28 July 2026

ދެ ބްރޭންޑެއްގެ ހަވާދުން ކެމިކަލްގެ މާއްދާއެއް ފެނިއްޖެ

ރާއްޖޭގައި އާންމުގޮތެއްގައި ކެއުމަށް ބެނުންކުރާ އެވަރެސްޓާއި އެމްޑީއެޗް ބްރޭންޑުގެ ހަވާދުން ކެމިކަލްގެ ބާވަތެއް ކަމަށްވާ "އެތިލިން އޮކްސައިޑް" ހުރިކަން ދެެނެގަނެވިފައިވާތީ އެ ދެ ބާވަތުގެ ހަވާދު ވަގުތީގޮތުން އެތެރެކުރުމާއި، ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ދްރަގް އޮތޯރިޓީއިން ނެރުނު ބަޔާނެއްގައި ބުނީ މި ދެ ބާވަތުގެ ހަވާދުން "އެތިލިން އޮކްސައިޑް" ހުރިކަމަށް ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން އަންގާފައިވާކަމަށެވެ. އަދި އެ ދެ އުފެއްދުންތައް ބޭނުންނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އެމްއެފްޑީއޭއިން ބުނިގޮތުގައި މި އުފެއްދުންތަކުން ފެނުނު ކެމިކަލް ކަމަށްވާ "އެތިލިން އޮކްސައިޑް"އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލްއެކެވެ. އެހެންނަމަވެސް ސިއްހީގޮތުން ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި މި ދެ ބާވަތުގެ އުފެއްދުންތައް ބޭނުންނުކުރުމަށް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *