Tuesday, 27 October 2026

އަމިއްލަގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި 6 މެމްބަރަކު ޕީއެންސީއާ ގުޅިއްޖެ

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި 6 މެމްބަރަކު ސަރުކާރު ހިންގާ ކޯލިޝަން ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

އެ ހަ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވި ބައްދަލުވުމުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ކެބިނެޓް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ޕީއެންސީއާ ގުޅުނު މެމްބަރުންނަކީ

  • ހުރާ ދާއިރާގެ އިންތިހާބީ މެންބަރު ޑރ. އަނާރާ ނައީމް
  • މަތިވެރި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން ޒަރީރު
  • މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޒަމީރު
  • ތިމަރަފުށި ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ރިޔާޒް
  • ނައިފަރު ދާއިރާގެ އިންތިހާބީ މެންބަރު ޔާސީން އަބްދުﷲ
  • ވިލިނގިލި ދާއިރާގެ އިންތިހާބީ މެންބަރު އާޒިމް އަބްދުލް އަޒީޒް

މި ހަ ބޭފުޅުންގެ ތެރެއިން ނައިފަރު ދާއިރާ އަދި ވިލިނގިލީ ދާއިރާއިން ހޮވިވަޑައިގެންނެވި ދެ ބޭފުޅުން ފިޔަވާ ދެން ތިއްބެވި ބޭފުޅުންނަކީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ނަމަވެސް ސަރުކާރުގެ ތާއީދާ އެކު ނުކުންނެވި މެންބަރުންނެވެ.

މިއާއެކު ޕީއެންސީ ތަމްސީލު ކުރާ މެމްބަރުންގެ އަދަދު މިވަނީ 76 ކަށް އަރާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *