Tuesday, 27 October 2026

ބަޖެޓު ނެތްކަމުގެ ބަހަނާއަކީ ރައްޔިތުންނަށް ކަމެއް ކޮއްދޭން ވީމަ މިސަރުކާރުން ދައްކާ ބަހަނާއެއް – ސޯލިހު

ތަރައްގީގެ މަޝްރޫތައް ހިންގަން ބަޖެޓު ނެތް ކަމަށް މި ސަރުކާރުން ވިދާޅުވެފަ އަނެއް ކޮޅުން އެތައް ބައިވަރު ސިޔާސީ މަގާމްތައް އުފައްދާ އެމީހުނަށް މުސާރަ ދޭން އެއްވެސް ދަތިކަމެއް ނެތި ބަޖެޓް އޮންނަ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ ލ ކަލައިދޫގައި މިޔަދު އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަން ކުރިއަށް ގެންދިޔަ ކެމްޕޭން ޖަލްސާގައި ސޯލިހު ވިދާޅުވީ މި ސަރުކާރު އައިސް އެމަނިކުފާނު ފައްޓަވާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ބަޖެޓް ނެތް ކަމަށް ބުނެ އޮޅުވާލުމައްފަހު ހުއްޓުވާފައިވާ ކަމަށެވެ.

ސޯލިހު ވިދާޅުވީ ފައިސާނެތިގެން އުޅޭ ސަރުކާރުގަ ފަނަރަ ސަތޭކަ 1500 އަށްވުރެ ގިނަ ސިޔާސީ މަގާމުތަކުގައިތިބި މީހުނަށް އެއްވެސް ދަތިކަމެއްނެތި މުސާރަ ދެމުންދާ ކަމަށެވެ. ’އެކަމަށް ފައިސާ އެބަހުރި‘ ކުރީގެ ރައީސް ސޯލިހު ވިދާޅުވިއެވެ.

”މިދިޔަ އަހަރުގެ ފުރަތަމަ ހަތަރުމަސް ދުވަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަހު އެތައް ސަތޭކަ މިލިޔަނެއް ހަރަދު ކޮއްފި މުސާރަތަކަށް ހިންގުމުގެ ހަރަދު އެހާމެ ބޮޑުވެއްޖެ އެހެންނަމަވެސް ޕްރޮޖެކްޓެއް ހިންގާކަށް ރައްޔިތަކަށް ކަމެއް ކޮއްދޭކަށް ފައިސާއެ ނެތް“ ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މި ސަރުކާރު ހިންގަމުންދަނީ މިކަހަލަ ބޮޑު އޮޅުވާލުންތަކެއްގެ ތެރޭގައިކަމަށެވެ. ކުންފުނި އޮތީ ބަގުރޫޓުވެފައި ކަމަށްބުނެ އެތައް ބައިވަރު އިތުރު ވަޒީފާތައް ހަމަ އެކުންފުނިން ދީފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ކޯލިޝަންއަށް ދީފިނަމަ ފެނިގެންދާނީ 2013 އިން 2018 އަށް ފެނުނު ކަހަލަގެ ވަޒީފާގެ ބިރުދެއްކުމާ ސަރުކާރާ ދެކޮޅުވާހެން ހީވާ މީހެއް ވިއްޔާ ވަޒީފާއިން ވަކި ކުރާ މަންޒަރު ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *