Tuesday, 27 October 2026

މާލޭގައި ފެންބޮޑުވެފައިވާތީ އާންމު ހާލަތަށް ރުޖޫއަވަންދެން މަގުތަކަށް ކުނި ނުނެރުމަށް ފުލުހުން އަންގައިފި

މުޅިރާއްޖެ އާއި މާލެއަށް ކުރަމުންދާ ވިއްސާރައިގަ މާލޭގައި ފެންބޮޑުވެފައިވާތީ އާންމު ހާލަތަށް އަންނަންދެން މަގުތަކައް ކުނި ނުނެރުމަށާއި ބަރު އުޅަނދުތަކާއި އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭނުން ނުކުރުމަށް ފުލުހުން އާންމުންނަށް އިލްތިމާސް ކޮށްފިއެވެ.

މާލެއަށް މިއަދު ބޯކޮށް މެދުކެނޑުމެއް ނެތި ދެ ތިން ގަޑިއިރު ވަންދެން ވެހުނު ވާރޭގެ ސަބަބުން ގޭގެއަށް ވެސް ވަނީ ފެން ވަދެފައެވެ. އެމްއެންޑީއެފާ ފުލުހުން އަންނަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވެ ފިހާރަތަކަށާއި ގެތަކަށް ފެންވަނުމުގެ ސަބަބުންވާ ގެއްލުން ކުޑަކުރުމުގެ ގޮތުން ވެލި ބަސްތާޖެހުމުގެ މަސައްކަތް ވެސް ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ. އަދި އާންމުންގެ ސަލާމަތަށްޓަކައި މިހާލަތުގައި ބާރު ސްޕީޑުގައި ވެހިކަލް ނުދުއްވުމާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ނުނިކުތުމަށްވެސް ފުލުހުން އެކްސްގައި ކުރި ޓުވީޓެއްގައި ވަނީ ބުނެފައެވެ.

 

 

.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *