މިސަރުކާރުގެ އަމާޒަކީ މާލެއާއި އެއް ފެންވަރަށް އައްޑޫ ސިޓީ ވެސް ތަރައްގީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ އައްޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވިދާޅުވެއްޖެ އެވެ.
ރައީސް ރޭ އައްޑޫ ސިޓީ ހިތަދޫގައި އައްޑޫ ސިޓީއަށް ކުރިމަތިލާފައިވާ މެމްބަރުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މާލެއާ އެއްފެންވަރައް ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމާއި ބޯހިޔާވަހިކަމުގެ އިންތިޒާމްތައްވެސް މާލެއާއި އެއްފެންވަރައް ތަރައްގީ ކުރުން ކަމަށެވެ.
ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނީ ދެކުނުގެ ހަތަރު އަތޮޅު ގުޅިލާމެހިފައިވާ އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގަައި ތަރައްގީކޮށް އދި އުތުރުގެ 4 އަތޮޅުގައި ވެސް މިފަދަ ޒޯނެއް ތަރައްގީކޮއްގެން ކަމަށާ އެއާއެކު މެދުރާއްޖެތެރެއިން 7 ޒޯނެއް ތަރައްގީ ކުރަން ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.
ސަރުކާރުތަކުން މީގެ ކުރިން ވެސް ދައްކަމުން އައި ވާހަކައެއް ނަމަވެސް އެކަމަށް އަމަލީ ސިފަ ގެނެސްދެވިފައި ނުވާ ކަަމަށެވެ. ރާއްޖޭގެ އެންމެ ދެކުނުން މައި ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރާއިރު އައްޑޫގެ ރައްޔިތުންގެ ތަރައްގީގެ އުއްމީދުތަކުގައި މި ސަރުކާރުން ހަގީގީ ކުލަ ޖައްސާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
“”މިކަހަލަ ކޮންސެޕްޓަކަށް ނުގޮހެއް އަޅުގަނޑުމެނަކަށް ދުރުރާސްތާ އަކަށް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ބަދަލެއް ނައިސް އަޅުގަނޑުމެން ނަކަށް ނުދެވޭނޭ “ ރައީސް ވިދާޅުވި އެވެ.
މީގެ މާ ކުރިން 1980ގެ އަހަރުތަކުގައި ކޮންސަލްޓަންޓުން ހަދާފައިވާ ދިރާސާތަކުގައި ވެސް ވަނީ މިގޮތައް ނަމަވެސް މި ދިރާސާތަކައް އަމަލީ ސިފަ އައިސްފައި ނުވިޔަސް މި ސަރުކާރުން އަމަލީ ސިފަ ގެނައުމައް މެނިފެސްޓޯގައިވެސް ވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަދަން ޒޯންގެ މައި ހަބަކަށް އައްޑޫ ހައްދަން ކެމްޕެއިންގަވީ ވައުދާ އެއްގޮތަށް ނިއްމާފައިވާ ކަމަށެވެ.


