ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އަށްޑޫއަށް ވަޑައިތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ އައްޑޫ ހިތަދޫގެ ރައްްޔިތުންނާއި ރައީސް އެންމެ ފަހުން އައްޑޫއަށް ކުރެއްވި ދަތުރުގައި ބައްދަލުކޮށްފައި ނުވާތީ އައްޑޫ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރެއްވި ދަތުރުފުޅެކެވެ.
އިއްޔެ ހަވީރު ޑރ. މުއިއްޒު އައްޑޫއަށް ވަޑައިގަތް އިރު ގިނަ އަދަދެއްގެ އާމު ރައްޔިތުން އެމަނިކުފާނައް މަރުހަބާ ކިޔަން ވަނީ އެއްވެފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓްއިން ރައީސްއަށް އިސްވެ މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން އައްޑޫއަށް އުފަން ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
ރައީސާއި ސަލާންކުރަން އެއްވެފައި ތިބި މީހުން ވަނީ ރައީސްއާއެކު ފޮޓޯއާއި ސެލްފީ ނަގާފަ އެވެ.


