ކައްދޫ އެއާޕޯޓް ކުންފުނީގެ ދަށުން ހިންގަމުންއައި ލ. ކައްދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރީޖަނަލްް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ކައްދޫ އެއާޕޯޓަކީ ސިފައިންގެ އެއާޕޯޓެއް ނަމަވެސް އެ އެއާޕޯޓަކީ އެތެރޭގެ އުދުހުން ތަކުގައިވެސް ބޭނުން ކުރަމުންދާ އެއާޕޯޓެކެވެ.
މި އެއާޕޯޓުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ޗައިނާގެ ސީއޭއެމްސީ އިންޖިއަރިން ކުންފުންޏާއެކު އެގްރިމެންޓުގައި ސަރުކާރުން ސޮއި ކުރީ އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުﷲ މުއްތޮލިބެވެ.


