Tuesday, 28 July 2026

11 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރިޔަށް އެބަދޭ – ފިޝަރީޒް މިނިސްޓްރީ

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް 11 ރަށެއްގައި އައިސް ޕްލާންޓް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓު ހަދަނީ ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށި ސިޓީއާ ށ. ފުނަދޫ އާއި ށ. ކޮމަންޑޫ އާއި ޅ. ނައިފަރާއި އއ. ރަސްދޫ އާއި މ. ވޭވަށާއި ދ. ބަނޑިދޫ އާއި ދ. މީދޫ އާއި ހއ. އިހަވަންދޫ އަދި ގދ. ރަތަފަންދޫ ގައި އައިސް ޕްލާންޓު ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އައިސް ޕްލާންޓްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި މިހާރު ގާއިމްކޮށްފައިވާ ބައެއް އައިސް ޕްލާންޓުތަކުން ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްތައްވެސް މިނިސްޓްރީއާއި މިފްކޯ ގުޅިގެން ކުރަމުންދާކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *