ރައީސް މުއިއްޒުގެ ސީދާ އެންގުމުގެ މަތިން އެމްއެމްޕީއާރުސީ އިން ސިންގަލް ޔޫސް މާކެޓިން ކޮންޓްރެކްޓެއްގައި އިގިރޭސި ވިލާތުގެ "ވުޑްރޯ ކޮމިއުނިކޭޝަން" ނަމަކަށް ކިޔާ ކުންފުންޏަކާ އެކުސޮއި ކޮށްފައިވާކަމަށް "ހަސަން ކުރުސީ"ގެ ނަމުގައި އެކްސްގައި ހިންގަމުން އަންނަ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފި އެވެ.
ކުރުސީ ބުނިގޮތުގައި ވުޑްރޯ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން އަހަރަކަށް ދައްކަން ޖެހެނީ 4،178،915.2 ދިވެހި ރުފިޔާއެވެ. އެއީ މަހެއްގެ މައްޗައް ބަލާނަމަ މަހަކު 32،000 ދިވެހި ރުފިޔާ އެވެ. ވުޑްރޯ ކުންފުންޏަކީ 2020 ވަނަ އަހަރު ރެޖިސްޓަރީ ކުރެވިގެން ހިންގަމުން އަންނަ ކުންފުންޏެކެވެ.
‼️🚨Breaking News
To a direct request of @MMuizzu, MMPRC has awarded a 1-year marketing contract to a British🇬🇧paper company via single source procurement, with alleged ties to Muizzu, called Woodrow Communication Limited – registered in 2020, for 4,178,915.2 MVR (monthly base… https://t.co/NckgjYGi55 pic.twitter.com/tIhYMjj8Bh
— Hassan Kurusee (@HKurusee) April 9, 2024
މިއެބަސްވުމުގެ ދަށުންް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު އާއި ސަރުކާރުގެ ތަރުޖަމާނާއި ކެބިނެޓު ވަޒިރުންނަށް މީޑިއާ ޓްރޭނިން ދިނުމާއި އެޖެންޑާތަކުގައި އަމަލުކުރާނެ ގޮތާއި ސަރުކާރުން ހިންގާ މަޝްރޫއުތައް ނޫސްވެރިން އައުޓްރީޗް ކުރާނެގޮތުގެ އިތުރުން މީޑިއާއާއި ގުޅުންހުރި އިތުރު ޓްރޭނިންތައް ވެސް ދޭން ހަމަޖެހިފައިވާކަމަށް ހަސަން ކުރުސީ ޝެއާ ކުރި އެގްރިމެންޓްގައިވެއެވެ.
އަދި ކުރުސީން ވަނީ ބޯޑު މީޓިންއެއްގައި އެމްއެމްޕީއާރުސީގެ ސީއީއޯ ފާތުމަތު ތައުފީގު، "މިއީ ސީދާ ރައީސްގެ އެންގެވުމުގެ މަތިން ހަޔަރކުރި ފާމެއް" ކަމަށް ވިދާޅުވިކަމަށް ބުނެފައެވެ.
މިކަމާއި ގުޅޭ ތަފްސީލު ހޯދުމަށް އެމްއެމްޕީއާރުސީގެ ސީއީއޯއަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އެމްއެމްޕީއާރުސީގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.


