ރާއްޖޭގައި ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ސައިޓުތައް ސަރުކާރުން ބްލޮކްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގައި ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް ހަދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓިއަށް ސަރުކާރުން އަންގައިގެންނެވެ. އެ އެންގުމާއި ގުޅިގެން މިފަދަ ސައިޓުތައް ރާއްޖޭގެން ބްލޮކޮށްފައިވާއިރު، މިއީ މިފަދަ ނިންމުމަކަށް ރާއްޖޭން އަމަލު ކުރާ ފުރަތަމަ ފަހަރެވެ.
މިފަދަ ސައިޓުތައް ބްލޮކް ކޮށްފައިވާއިރު، މިކަމާއި ގުޅިގެން ސަރުކާރާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިފަދަ ނިންމުމެއް ތަންފީޒު ކޮށްފައިވާއިރު، މީގެ ކުރިން ވެސް އެފަދަ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކޮށް ކުރުމަށް މަޖިލީހުގައި ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.


