Tuesday, 28 July 2026

ރާއްޖެ24 ކްލެސިފައިޑްސް – އެއް މަސްދުވަހަށް އިޝްތިހާރު ޖެހުން މުޅިން ހިލޭ

ރާއްޖެ24 އިން އިޝްތިހާރު ކުރައްވަން ބޭނުންވާ ބޭފުޅުންނަށް ހާއްސަކޮށް ކްލެސިފައިޑްސް ތައާރަފް ކޮށްފި އެވެ.

ކްލެސިފައިޑްސްއަކީ އިޝްތިހާރު އަދި ހާއްސަ އިއުލާން ޖެހުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ގެނެސްދޭ  ޕޭޖެކެވެ. މި ޕޭޖުގެ ޒަރިއްޔާއިން ފަސޭހަކަމާއެކު އިޝްތިހާރުކުރުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެކަމަށް ރާއްޖެ24ގެ ސީއީއޯ ނަޒީމް ނައުޝާދު ވަނީ ވިދާޅުވެފަ އެވެ.

މި ފެށޭ އައު އަހަރާއި ދިމާކޮށް ރާއްޖެ24 އިން ވަނީ އިޝްތިހާރު ކުރަން ބޭނުންވާ ފަރާތްތަކަށް އެއް މަސް ހިލޭ އިޝްތިހާރު ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ރާއްޖެ24 ކްލެސިފައިޑްސްގެ ތެރޭގައި ކުއްޔަށްދޭ ތަންތަނުގެ އިޝްތިހާރާއި، އޮޓޯމޮޓިވް، ތައުލީމާއި، ސިއްހަތުގެ އިތުރުން ކައިވެންޏާއި އަދި އިވެންޓް މެނޭޖްމަންޓާއި ގުޅޭ އިޝްތިހާރު ޖަހައިދޭނެ އެވެ.

މީގެއިތުރުން ކަށު ނަމާދާއި، ދަރަނި ވަސިއްޔަތާއި ގުޅޭ އިއުލާންތައް މުޅިން ހިލޭ ޖަހައިދޭނެކަމަށް ނަޒީމް ވަނީ ވިދާޅުވެފަ އެވެ.

އަދި ކްލެސިފައިޑްސްގައި އިޝްތިހާރު ޖަހަން ބޭނުންވާ ފަރާތްތަކުން ރާއްޖެ24 ކްލެސިފައިޑްސް ހޮޓްލައިން 9892024 އަށް ގުޅުއްވުމަށް ނޫނީ ފޭސްބުކް ޕޭޖަަށް https://www.facebook.com/raajje24classifieds މެސެޖު ކުރުމަށް ނަޒީމް ވަނީ އެދިލައްވާފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *