Tuesday, 28 July 2026

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެންކެނޑިފައި ހުންނަތާ ތިން ދުވަސް

އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ފެނުގެ ޚިދުމަތް ކެނޑުނުތާ މިއަދަށް ދެދުވަސްވީއިރު، އެ މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށް ފެނަކައިން ހާމަކޮށްފިއެވެ.

މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާއިރު، އެ ކުންފުނިން އީއްޔެ ބުނެފައިވަނީ މައްސަލަ ދިމާވި އާރްއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވް އަށް ކަމަށެވެ. އޭގެ ފަހުން އީއްޔެ މެނދުރެއް ހާއިރު، އޭގެ ޑްރައިވެއް ގެނެސް އެއަރ ފްރައިޓް ކޮށް ފޮނުވިއެވެ. ނަމަވެސް މެނދުރު ފްލައިޓުން ބަރުވުމުން ނުގެނެވި އެ ގެންނަން ޖެހުނީ އިރުއޮއްސުނު އިރު ޖެއްސި ފްލައިޓުންނެވެ.

އޭގެ ފަހުން ރޭގެ ވަގުތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ދިޔައީ ބުނަމުންނެވެ. އަދި އެގޮތަށް ޓްވީޓްތަކެއް ވެެސް ކުރިއެވެ. އެގޮތުން އެންމެ ފަހުން ދަންވަރު 12:29 ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ޑްރައިވް އިންސްޓޯލްކޮށް ޕްރޮގްރާމިން މަސައްކަތް ކުރިއަށްދާ ކަމަށް ބުނިއެވެ. އަދި ގަޑިއެއްހާ އިރު ތެރޭ ޚިދުމަތް ދެވޭނެ ކަމަށް ބުނިއެވެ.

ނަމަވެސް މިހާތަނަށް އައިއިރު، ފެނުގެ ޚިދުމަތް އަނބުރާ ދެވިފައެއް ނުވެއެވެ. އެފަހުން ޚިދުމަތް ނުދެވިގެން އުޅެނީ ކޮން ސަބަބަކާއި ހެދި ކަމެއް މިހާތަނަށް އައްޑޫ ލައިވްއިން ކުރި މަސައްކަތުން ސާފެއް ނުވެއެވެ. ނަމަވެސް އިތުރު "ސެޓްބެކް" އެއްގެ ސަބަބުން މައްސަލަ އަދި އެއްކޮށް ހައްލު ނުވާކަން ވަނީ އެނގިފައެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ އާރްއޯ ޕްލާންޓުން ފެނުގެ ޚިދުމަތް ކެނޑުނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. އޭގެ ފަހުން މިހާރު 48 ގަޑިއިރަށް ވުރެ ގިނަ އިރު ވެފައިވާއިރު، ޚިދުމަތް ދެވޭނެ އިރެއް އަދިވެސް ނޭނގެއެވެ. މިކަމުގެ ސަބަބުން ސަޕްލައި ފެން އެކަނި ކުރާ ގޭގޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާއިރު، ޒަރޫރީ ބޭނުންތައްވެސް ފުއްދައި ނުލެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *