Tuesday, 28 July 2026

ފުވަމުލަކުގައި އެކްސިޑެންޓެއް ހިނގައި ކުޑަ ކުއްޖެއްގެ ހާލު ސީރިއަސް

ފުވައްމުލައް ސިޓީގައި ސައިކަލަކާއެކު ވެއްޓިފައި އޮއްވާ ރޭ ފެނުނު ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓްގައި އަނިޔާވެ، ހާލު ސީރިއަސް ވެފައިވަނީ، 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ކަމަށެވެ.

އެ ސިޓީގައި ސައިކަލަކާއެކު ވެއްޓިފައި އޮތް ކުއްޖާ ފެނުނީ ރޭ ދަންވަރު 3:40 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށެވެ.  އެ ކުއްޖާ ފެނިފައިވަނީ އެރަށުގެ މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުވައްމުލައް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *