Wednesday, 29 July 2026
ފޮޓޯ؛ ޓައިމްސް އޮފް އައްޑޫ

ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓާއި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް، ހިޔާ ފްލެޓުގެ ރައްޔިތުން މަހަކު ދައްކަން ޖެހޭ އަދަދު 3،984 ރުފިޔާއަށް ހަދައިފިއެވެ.

ރައީސް، ޑރ. މުހައްމަދު މުއިއްޒު ކެބިނެޓާއި އެކީ ބޭއްވި ބައްދަލުވުމަށްފަހު، ނިންމި މުހިންމު ނިންމުންތައް ހިއްސާކުރުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ހިޔާ ފްލެޓްތައް ހަދަން ރައްޔިތުންގެ އަތުން ހަރަދުވި ރުފިޔާއިން 200،000 ރުފިޔާ އުނިކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދޅާުވި، މިހާރު ހަތް އަހަރަށް ރައްޔިތުން ދައްކަން ޖެހެނީ މަހަކު 5،300 ރުފިޔާ ކަމަށާއި ފިނިޝަން އަށް ދިޔަ ހަރަދުގެ އެޗްރެޖަށް ބަލައި މަހު ކުލި ކުޑަކޮށްފައިވާނެ ކަމަށެވެ.

މި ނިންމުމާއި އެކީ ދެން ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުން މަހަކު ދައްކަން ޖެހޭނީ 3،984 ރުފިޔާއެވެ.

ވިނަރެސް ފްލެޓްތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިހާރު ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކޮށްދޭނެ ކަމަށާއި އެވްރެޖްކޮށް މަހަކު ދައްކާ އަދަދުން 4،200 ރުފިޔާ އުނިވާގޮތަށް ނިންމާފައިވާ ކަމަށެވެ.

"ޑައުންޕޭމަންޓް 50 އިންސައްތައަށް ކުޑަވެ، މަހުން މަހަށް ދައްކާ އަދަދުން، އެކި ފަރާތްތަކުން އެކި ވަރަށް ދައްކަމުން ދަނީ ޑައުންޕޭމަށްޓަށް ޑިޕެންޑް ވާ ގޮތަށް. އެދައްކާ އެއްޗަކުން 4،200 އެޗްރެޖްކޮށް އުނިވެގެންދާނެ. އެ ނިންމުން ވެސް މިއަދު ވާނެ ނިންމިފަ" ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *