Tuesday, 28 July 2026
މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި މިނިސްޓްރީގެ ބޭފުޅުން ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ/ މަޖިލިސް

ގެދޮރު ބޭނުންވާ ފަރާތްތަކަށް ވެއިޓިންގ ލިސްޓެއް ހަދަނީ

ބޯހިޔާވަހިކަމުގެ ވަކިވަކި މަޝްރޫއުތަކަށް އިއުލާނުކޮށްގެން ކޮންމެ ފަހަރަކު މީހުން ހޮވުމުގެ ބަދަލުގައި، ގެދޮރަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންގެ "ވެއިޓިން ލިސްޓް" އެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަ ފައްޓަވަމުން ވިދާޅުވެފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓަށް 7000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އޮތީ ރައްޔިތުންނަށް ދިރިއުޅެވޭނެ ފަހު މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ.

 

މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަނީ– ފޮޓޯ/ މަޖިލިސް

އެހެންކަމުން، ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނެސްގެން ވިޔަސް، ގެދޮރަށް ބޭނުން ޖެހިފައިވާ މީހުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެންގުޅޭނަން ގެދޮރު ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް. އެހެންވީމަ އެ ލިސްޓު އަޕްޑޭޓް ކުރަމުން ދާނީ އެ ބައެއްގެ ހާލަތު ބަދަލުވާ ގޮތުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަދަ ލިސްޓެއް އެކުލަވާލުމުން، ކޮންމެ ފަހަރަކު ވަކި މަޝްރޫއަކަށް ކުރިމަތިލާން ހުޅުވާލައި، ހޮވޭ މީހުންނަށް ފްލެޓާއި ގޯތި ދިނުން ނިމުމަކަށް އައިސް، ބޭނުން ޖެހިފައި ތިބި މީހުންނަށް ސަރުކާރުން އަމިއްލައަށް ގެދޮރު ދެވިގެންދާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

އަދި މި މަސައްކަތް ތަރައްގީވަމުން އަންނަ ވަރަކަށް ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ކޮންމެ ސަރުކާރެއްގައި ވެސް އާންމުންގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވާ އެއް މައްސަލަ އެވެ. މިކަމަށް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިނިސްޓަރު މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވެސް ވަނީ އެކަން ތަކުރާރު ކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *