އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނިގޮތުގައި މި މައުލޫމަތު އެފަރާތަށް ލިބިފައިވަނީ މަޢުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު އެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އަދި ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެލި ޑޮކްޓަރު ބުނެފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.


