Tuesday, 28 July 2026

ދަނޑުވެރިކަމުގެ މިނިސްޓްރީ ހިންގުން ވަގުތީގޮތުން ޣައްސާންއަށް

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ހިންގުމުގެ ޒިންމާ ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ހަވާލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ހިންގުން، ޣައްސާނާ ހަވާލުކުރެއްވީ، ރަމީލާ މިދިޔަ މަހުގެ 23 ގައި ބޭރަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވަންދެން ކަމަށެވެ.

މިނިސްޓަރ ރަމީލާ އިންޑިއާއަށް ވަޑައިގެންފައިވަނީ ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން އެ ބައްޔަށް ފަރުވާ ހޯއްދެވުމަށެވެ. ކެންސަރު ހުރިކަން އިނގިވަޑައިގަތީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ހުންނަވަނިކޮށް ކަމަށާއި ގައުމުން ބޭރަށް ވަޑައިގަންނަވަނީ ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ހޯއްދެވުމަށް ކަމަށް މީގެކުރިން ރަމީލާ ހާމަކުރައްވާފައިވެއެވެ.

ރަމީލާގެ ޕޯސްޓުގައި ވިދާޅުވީ ހައިޕެކް ފަރުވާ ހޯއްދަވަން ވަޑައިގަންނަވާ ކަމަށެވެ. އެ ފަރުވާ އާއްމުކޮށް ދެނީ ބަނޑުގެ ކެންސަރަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *