Monday, 26 October 2026

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ވެންޓިލޭޓަރުގައި

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނިގޮތުގައި ރޭ 11:26 ހާއިރު ވިލާ ކޮލެޖް ކުރިމަތީގައި މި އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެންނެވެ. އަނިޔާވެފައި ވަނީ ދެ ސައިކަލް ތިބި މީހުންނަށް ކަމަށް ފުލުހުން ބުންޏެވެ.

އެއީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކްސިޑެންޓްގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިފަހަކަށް އައިސް މާލެ ސަރަހަައްދުގައި އެކްސިޑެންޓް ހިނގާ މިންވަރު ވަނީ އަނެއްކާވެސް އިތުރުވެފައެވެ. އަދި ދާދި ފަހުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ވަނީ ނިޔާވެފައިވާއިރު، އެ އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްުޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *