Tuesday, 28 July 2026

އެމްޓީސީސީގެ އެމްޑީއަކަށް ޒިޔާދު

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޒިޔާދު އައްޔަން ކުރައްވައިފިއެވެ.

އޭނާ ވަނީ ކުރިން ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރުމެންޓް މިނިސްޓްރީގެ ސީނިއާ އިންޖިނިއަރުކަމާއި ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީ އާއި އެންވަޔަރުމެންޓް އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ.

ޒިޔާދު ތައުލީމް ހާސިލް ކުރެއްވެވީ ބަހްރެއިންގައި އިންޖިނިއަރިން މެނޭޖްމަންޓުގެ ދާއިރާއިންނެވެ. އޭނާ ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުގައި މަސައްކަތް ކުރައްވައިފައެވެ. އޭނާ ވަނީ ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރުމެންޓް މިނިސްޓްރީގެ ސީނިއާ އިންޖިނިއަރުކަން ކުރައްވައިފައެވެ.

އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީކަން އެންމެ ފަހުން ކުރެއްވީ އާދަމް އާޒިމެވެ. އޭގެ ކުރިން މި ސަރުކާރުގައި ދެން އެ ދެ ދެ މަގާމު ފުރުއްވީ ހަސަން ޝާހެވެ.

މި މަހުގެ 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *