ނުރައްކާތެރި ކެމިކަލެއް ހުރުމުން "އެމިޑޯން" ކިޔާ ބޭހެއް ރާއްޖެ އެތެރެކޮށް، ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބުނީ އެ ބޭސް މަނާކުރީ ޑައިތައިލިން ގްލައިކޯމް އާއި އިތައިލީން ގްލޯއިން އެކުލެވޭ ބޭހެއް ފާހަގަަކުރެވިގެން ކަމަށެވެ.
އެތަނުން ބުނީ ޕާކިސްތާނުގައި އުފައްދާ އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާ ކަމަށެވެ. އެހެންވެ މި ކަމަށް ބޭސް ގަނެ، ވިއްކާ ހުރިހާ މީހުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ. ކުރެއެވެ.
އެފްޑީއޭ އިން ވަނީ އެމިޑޯން ރާއްޖެ ގެނެސް ވިއްކާ ފަރާތްތަކުން އެ ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވެސް އެދިފަ އެވެ.


