Tuesday, 28 July 2026

ރައީސްގެ ފުރަތަމަ ދަތުރުފުޅު ތުރުކީއަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުރުކީ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުންގެ ވިދާޅުވި ގޮތުގައި ރައީސް ތުރުކީއަށް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މި ދަތުރުފުޅަކީ ތުރުކީގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މިއީ މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު، މުއިއްޒު ރާއްޖެ އިިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. މި ދަތުރުގައި މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސްގެ ދެކަނބަލުން ތުރުކީ އަށްކުރައްވާ މި ދަތުރަކީ އެ ގައުމުގެރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި ތުރުކީގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް މުއިއްޒާއި މެޑަމް ސާޖިދާގެ އަރިހުގައި ސަރުކާރުގެ އިސް ފަރާތްތަކެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *