Tuesday, 28 July 2026

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަނީ މާލޭގައި

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިއުމަށް ރައިސުލްޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ރައީސް ޑރ. މުއިއްޒު މިގޮތަށް ނިންމަވާފައިވާ ކަން އެކްސްގައި ކުރި ޕޯސްޓެއްގައި އިއުލާންކޮށްފައެވެ. އަދި މިއަހަރުގެ ފާހަގަ ކުރާ 43 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރު މަސްވެރިންގެ ދުވަހު ދޭން ހަމަޖެހިފައިވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ މެނދުރު 12:00 ޖެހުމާއި ހަމައަށެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަ ކުރާ މަސްވެރިންގެ ދުވަހެވެ. މި ދުވަސް މިދިޔަ އަހަރު ފާހަގަ ކޮށްފައިވަނީ ގ.ދ ފަރެސްމާތޮޑާގައި އެވެ. މަސްވެރިންގެ ދުވަސް އާންމުކޮށް ފާހަގަ ކުރަނީ ރައްތަކަށް ހުޅުވާލައިގެންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *