އައްޑޫން އަލަށް 500 އެއްހާ މީހުން ޕީއެންސީއާ ގުޅިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑްގައި ދަނީ ކުރެވެމުންނެވެ. ހާއްސަކޮށް އެ ޕާޓީއަށް ވެރިކަން ލިބުނުފަހުން އެ ޕާޓީއާ ގުޅެމުން އަންނަ މީހުން ވަނީ އިތުރުވެފަައެވެ.
އައްޑޫ ހިތަދޫން ގިނަ ބަޔަކު ޕީއެންސީއާ އަލަށް ގުޅުނު އިރު، މިދިޔަ މަހުގެ ތެރޭގައި އެ ޕީޕީއެމް/ޕީއެންސީގެ ޓީމެއް އައްޑު އަށް ކުރި ދަތުރުގެ ތެރޭގައި އައްޑޫގެ އެކި އަވަށްތަކުން ޕީއެންސީއާ އަލަށް މީހުން ގުޅިފައިވެ އެވެ. އޭގެ ތެރޭގައި މަރަދޫގެ ކުރީގެ ކައުންސިލަރު އިބްރާހީމް ފައިސަލް ވެސް ހިމެނެ އެވެ.
ޕީއެންސީން ފޭސްބުކްގައި ރޭ އާއްމު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އުުތުރު ދާއިރާއިން ޕީއެންސީއާ ގުޅުނު 500 މެމްބަރުންގެ ފޯމް ހަވާލުކޮށްފައިވާ ކަމަަށެވެ.
އެ ފޯމްތަކާއި ހަވާލުވަޑައިގެންނެވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުއްރަހީމެވެ. އެ ފޯމްތައް ހަވާލު ކުރި ރަސްމިއްޔާތުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެންސީ އަށް އައްޑޫން އިތުރު 500 މީހަކު ސޮއިކުރި އިރު، އެ ޕާޓޫއާ އަލަށް ގުޅުނު 950 މެމްބަރުންގެ ފޯމު ލިބިފައިވާ ކަމަށެ ޕީއެންސީން އިއްޔެ ބުނެފައި އެވެ. އޭގެ ތެރޭގައި ތ. ކިނބިދޫ އިން ޕީއެންސީއާ ގުޅުނު 150 މީހުންނާއި ގދ. ތިނަދޫން ގުޅުނު 200 މީހަކު ވެސް ހިމެނެ އެވެ.
ޕީއެންސީ އަށް ދާދި ފަހުން ލ. އަތޮޅުން ވެސް 600 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ.


