Tuesday, 28 July 2026

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

ރައީސް، ޑރ. މުހައްމަދު މުއިއްޒު، ނިމިދިޔަ ސަރުކާރުން އަޅަން ފަށާފައިވާ މާލެ-ތިލަފުށި-ގުޅިފަޅު ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް އިއްޔެ ބައްލަވާލައްވައިފިއެވެ.

އެ މަސައްކަތް ބައްލަވައިލުމަށް ޓަަކައި ރައީސްގެ އަރިހުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، ރައީސް އޮފީހުންގެ މިނިސްޓަރުންނާއި، ކެބިނެޓް މިނިސްޓަރުން ވަޑައިގެންފައިވެއެވެ. އަދި އެފްކޮންސްގެ އިސްވެރިން ވެސް ތިއްބެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް ވަނީ މާލޭގައި ހުންނަ އިންޑަސްޓްރިއަލް ޒޯނަށާއި ގުޅިފަޅަށް ވަޑައިގެންފައެވެ. އިންޑަސްޓްރިއަލް ޒޯނަކީ ބޭރު މަގުން ބްރިޖު ފެށޭ ހިސާބެވެ. މި ސަރަހައްދުގައި ކުރިއަށް ގެންދާ ބްރިޖުގެ އެކިއެކި މަސައްކަތްތައް ރައީސް ވަނީ ބައްލަވާލައްވާފައެވެ.

މަސައްކަތް ބައްލަވައިލެއްވުމަށްފަހު ރައީސް މި މަޝްރޫއާ ގުޅޭގޮތުން މީޑިއާއާ ވާހަކަފުޅެއް ނުދައްކަވައެވެ. ހައުސިން މިނިސްޓަރު އަލީ ހައިދަރު ވެސް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އެހެންނަމަވެސް، ރައީސް ވަނީ އެތަނުގައި ކުރިއަށްދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވާފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މައިގަނޑު އަޅާނީ ތިން ބްރިޖެކެވެ. އެ ތިން ބްރިޖަކީ:

– މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖު.
– ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖު.
– ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖު.

ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރައީސް ބައްލަވައިލެއްވި އެންމެ ފުރަތަމަ، އަދި ބޮޑު މަޝްރޫއަކީ މިއީއެވެ. މީގެ ކުރިން އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ރައީސްވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ބައްލަވައިލައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *