Tuesday, 28 July 2026

ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސައުދީގެ ކެބިނެޓުން ފާސްކޮށްފި

ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކުރައްވާފައިވާއިރު، ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއާ އެކު ސޮއިކުރަން ސައުދީގެ ކެބިނެޓުން ފާސްކޮށްފި އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގެ މަޢުލޫމާތު ހާމަކުރަމުން، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީ "ވާސް" އިން ބުނެފައިވާ ގޮތުގައި، ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދަވާނީ ސަޢޫދީ ޢަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަންއެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ނިންމި ކަމަށް ސައޫދީގެ ގައުމީ ނިއުސް އެޖެންސީން ބުންޏެވެ.

ރާއްޖެއާއި މެދު މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ސައިދީން ފާސް ކުރި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް އަދި ހަމާކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *