Tuesday, 28 July 2026

އައްޑޫގައި ޑިއުޓީގައި ހުރި ފުލުހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ޕޮލިސް އެކެޑަމީގައި ޑިއުޓީ ކުރާ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނުދާ ކަމަށް ލިބުނު ރިޕޯޓާ ގުޅިގެން އޭނާ ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން މިއަދު ވިދާޅުވީ، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމެންޓްގައި ޑިއުޓީ ކުރާ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމާއި، އެއްވެސް ހަބަރެއް ނުވާ ކަމަށް ރޭ 12:40 ހާއިރު އެހާކަންހާއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުން މޫދުން ފެނުނީ ރޭ މެންދަމު 1:40 ވެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނީ ސ. ހިތަދޫ ޒޫމްޕްލަސް އަބްދުﷲ ޔަމަން ފިރާގް 22، އެވެ.

އޭނާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *