ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މުއިއްޒަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުދާން އެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން މިރަސްމިއްޔާތުގެ 4،500 އެއްހާ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެއިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވި ހުސައިން މުހައްމަދު ލަތީފް ވަނީ ރާއްޖޭގެ ނައިބު ރައީސްކަމުގެ ހުވާ ވެސް މި ރަސްމިއްޔާތުގައި ކުރައްވާފަ އެވެ.
ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ އެކު އެމަނިކުފާނު ވެވަޑައިގެންފައި މިވަނީ ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސަށެވެ.
ޑރ. މުއިއްޒުގެ ރިޔާސީ ދައުރު ކުރިއަށް ދާނީ މިއަދުން ފެށިގެން ނޮވެމްބަރު 17، 2028ގެ ނިޔަލަށެވެ.


