Tuesday, 28 July 2026

ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ

ހުލުމާލެ ފޭސް އެކެއްގެ ބައެއް ފްލެޓްތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ކަރަންޓް ކެނޑިފައިވަނީ ފެލެޓް ނަމްބަރު 139،140،144،145 ހިމެނޭ ސަރަހައްދުންކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ކެނޑުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައްް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓް ކެނޑުމަކީ ހުޅުމާލެއަށް ވެސް ދޭތެރެއަކުން ދިމާވާ މައްސަލައެކެވެ. އާންމު ގޮތެއްގައި ކަރަންޓު ކެނޑެނީ މަސައްކަތްތައް ކުރުމުގެ ތެރެއިން ކޭބަލަށް ދިމާވާ އެކި މައްސަލަ ތަކުންނެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *