Tuesday, 28 July 2026

އޯޓީޕީ ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތަަށް ހަމަޖައްސައިފި

އާސަންދައިގެ ދަށުން ފާމަސީތަކުން ބޭސް ދޫކުރާއިރު ބޭސް ގަންނަ މީހާގެ ފޯނަށް ފޮނުވާ އޯޓީޕީ ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތަަށް ހަމަޖައްސައިފި އެވެ.

އާސަންދަ ކުންފުނިން މިގޮތަށް ހަމަޖެއްސީ އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ބޭސް ނަގަން ދާ މީހާގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރުގެ ތަފްސީލު ހޯދައި، އޯޓީޕީ ނަމްބަރު ދިނުމުން ނޫނީ ޓްރާންސެކްޝަން ފުރިހަމަ ނުވާ ގޮތަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

މާލޭގެ ބައެއް ފާމަސީތަކުގައި މިގޮތަށް އަމަލުކުރަން ފެށިތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ބޭސް ފިހާރަތަކުން މީގެ ކުރިން ބޭސް ދޫކުރުމުގައި އިތުރު އެއްވެސް މައުލޫމާތެއް ނުހޯދަ އެވެ. ހަމައެކަނި ބޭނުންވަނީ ޑޮކްޓަރުގެ ބޭސް ސިޓީ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *