Tuesday, 28 July 2026

މަމްސް އެއިޑުން ފަލަސްތީނަށް އެހީވުމަށް ބާއްވާ ދެވަނަ ފަންޑްރެއިޒިން އިވެންޓް މި ހުކުރުގައި!

މަމްސް އެއިޑުން އިސްނަގައިގެން ފަލަސްތީނަށް އެހީވުމަށް ބާއްވާ ދެވަނަ ފަންޑްރެއިޒިން އިވެންޓް މިހަފްތާ ބަންދުގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އާރބަންކޯ އަދި އޭއައިސީ އާއި ގުޅިގެން މަމްސް އިން ހުކުރު ދުވަހު މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ، ފޭސް-2ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ. މިއީ އެ ޖަމިއްޔާއިން ފަލަސްތީނަށް އެހީވުމަށް ހިންގާ މިފަދަ ދެވަނަ ހަރަކާތެވެ.

މާދަމާ ބާއްވާ މި އިވެންޓްގައިވެސް ކާބޯތަކެތި، އަންނައުނު އަދި ކުޅޭތަކެތި ޑޮނޭޓްކުރަން މަމްސް އިން ވަނީ ހުޅުވާލާފަ އެވެ. އަދި އެހީގެ ގޮތުގައި ހަވާލުކުރާނީ މި ތަކެތި ވިއްކައިގެން ލިބޭ ފައިސާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެއިތުރުންވެސް ކުޑަކުދިންނަށް ކަމުދާ އެކިކަހަލަ ކުޅިވަރު ސްޓޯލްތައްވެސް މާދަމާގެ އިވެންޓްގައި ހުންނާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މަމްސްގެ އެގްޒެކްޓިވް ޑިރެކްޓަރ ފާތުމަތު ރިޔާސާ ވަނީ މާދަމާ އެ ޖަމިއްޔާއިން ބާއްވާ އިވެންޓްގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ، ފަލަސްތީނަށް ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދިލައްވާފަ އެވެ. އަދި މި އިވެންޓުން ލިބޭ ފައިސާ ވެސް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) އާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ރިޔާސާ ވަނީ ވިދާޅުވެފަ އެވެ.

މަމްސްއިން މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ފަލަސްތީނަށް އެހީވުމަށް ފަންޑްރައިޒިން އިވެންޓެއް ބާއްވާފަ އެވެ. މި އިވެންޓު މެދުވެރިކޮށް ލިބުނު 98،333.37 ދިވެހި ރުފިޔާ އާއި 213 ޑޮލަރު ލިބިފައިވާއިރު، މިފައިސާ މިހާރުވަނީ އޭއައިސީ އާއި ހަވާލުކޮށްފަ އެެވެ.

މަމްސްއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފަންޑްރެއިޒިން އިވެންޓް

މާދަމާ ބާއްވާ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިޔާ ޔޫނިއަން އަދި H8 ކޮމިއުނިޓީގެ އެހީތެރިކަމާއެކުގަ އެވެ. މަަމްސް އިން ވަނީ މި އިވެންޓަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން އެ އެންޖީއޯގެ ހޮޓްލައިން ކަމަށްވާ 7349393 / 7849393 / 7860003 ގުޅުމަށް އެދިފައެވެ.

 

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *