ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި އިންޑިއާއަށް ނިސްބަތްވާ 22 އަހަަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާގެ އުމުރުން 22 އަހަރުގެ އަންހެނެކެވެ. އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ.
ކޯޓުން ބުނާގޮތުގައި އޭނާގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ ތުހުމަތައް ވުޖޫވާ ވަރަށް ހެކި ލިބިފައި ވެއެވެ. އަދި ހުށަހެޅިފައިވާ ބަޔާންތަކާއި ވީޑިއޯއިން ކުއްޖާގެ ގައިގައި އޭނާ ޖަހާފައި ހުރިކަން އެނގޭ ކަމަށްވެސް ބުނެފައި ވެއެވެ.
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދު ކުރަން އަމުރު ކޮށްފައި ވަނީ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމެވެ.


