ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ރާއްޖެއިން ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ރޭ ހާމަކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ޝާހިދު ވިދާޅުވީ ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނިންމަވާފައިވާ ކަމަށެވެ. އެއީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ތިބިކަން ދައްކުވައިދޭނެ ކަމެއް ކަމަށް ވެސް ޝާހިދުގެ ޓްވީޓްގައިވެ އެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ރާއްޖެ އިން ވަނީ ކުށްވެރިކޮށްފަ އެވެ. ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކެއް ބައިވެރިވެގެން އދ. ގެ އާންމު މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ބަދަލުކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 5،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.


