ސިއްރު ކެމެރާ ހަރުކޮށްގެން ކުޑަކުދިންގެ ވީޑިއޯ ރެކޯޑްކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު މަގުމަތިން ހިފަހައްޓައި އަނިޔާކުރި ކަމަށް ބުނާ މައްސަލައެއްގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ރޭ 10:05 ހާއިރު އޭނާ ހައްޔަރުކުރީ މާރާމާރީއަކާ ގުޅިގެންނެވެ. މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ކައުންސިލް މެމްބަރު ޝުމްބާ ވަކީލު މުހައްމަދު ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝުމްބާ ހައްޔަރުކުރީ ބަޔަކު އެއްވެގެން އުޅޭތީ އެކަން ކަވަރުކުރަން ގޮސް ހުއްޓާ ކަމަށެވެ. ޝުމްބާ މާރާމާރީއެއް ނުހިންގާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޝުމްބާގެ ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެ އެވެ.


