Monday, 26 October 2026
ެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިޝަލުންގެ ވަފުދެއް 8 - 14 އޮކްޓޫބަރު 2023 އަށް އިންޑިއާއަށް ޒިޔާރަތްކުރުން

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ކަސްޓަމްސްގެ 20 މުވައްޒަފުން ބެންގަލޫރަށް

ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ)ގެ ދަށުން ތަމްރީނުކުރާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ކަސްޓަމްސް ސާވިސް (އެމްސީއެސް) ގެ 20 އޮފިޝަލުންގެ ގްރޫޕެއް އިއްޔެ އިންޑިޔާއަށް ފުރައިފި އެވެ.

މިއީ ކަސްޓަމްސް ތަމްރީނުކުރާ އެންމެ މަތީ މުއައްސަސާ، ބެންގަލޫރުގެ ނޭޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) އިން "ކްރިއޭޓިން އެންޑް މެނޭޖިން ކެނައިން ސެންޓަރު" ގެ ޓްރެއިނިން-އަދި-ސްޓަޑީގައި ބާއްވާ ޓުއާ އެކެވެ. އަދި މި ތަމްރީންތައް ކުރިއަށް ދާނީ ބެންގަލޫރުގައި ހުންނަ އިންޑިޔާ ސަރުކާރުން ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ)ގެ ދަށުން ހިންގާ ނާސިން ބެންގަލޫރުގަ އެވެ.

ނާސިން ބެންގަލޫރު އަކީ ރީޖަނަލް ޓްރެއިނިން ސެންޓަރުގެ މެންޑޭޓްގެ ދަށުން ހިންގާ ތަނެކެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މި ސްޓަޑީ ޓުއާގައި އެންފޯސްމަންޓް އެޖެންސީތަކަށް ކެނައިން ސްކޮޑްގެ މުހިންމުކަމާއި، ޒަމާނީ ކެނައިން ސްކޮޑް އުފެއްދުމާއި، ސްކޮޑުގެ އަސާސީ ތަމްރީނާއި، ޑޯގް ހޭންޑްލަރުން ހޯދުމާއި ތަމްރީނުކުރުން ފަދަ ދާއިރާތަކުން ތަމްރީން ދޭނެ އެވެ.

މި ސްޓަޑީ ޓުއާގެ ބައެއް ތަމްރީންތައް ނާސިން ބަންގަލޫރު އިން ވަނީ އަމްރިތުސަރުގެ އަޓާރީގައި ހުންނަ ސީބީއައިސީގެ ކެނައިން ފެސިލިޓީ "ކަސްޓަމްސް ކޭ9 ސެންޓަރު" ގައި ބާއްވާގޮތަށްވެސް ހަމަޖައްސާފަ އެވެ.މީގެ އިތުރުން މައިސޫރު އަދި އަމްރިތުސަރުގެ ތާރީޙީ އަދި ސަޤާފީ ސިޓީތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

މިއީ 2019 ވަނަ އަހަރު އިންޑިޔާގެ ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސީ.ބީ.އައި.ސީ އާއި އެމް.ސީ.އެސް އާ ދެމެދު ސޮއިކުރެވުނު "އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ" ގެ ދަށުން ހަމަޖެހުނު ދަތުރެކެވެ. މި އެމްއޯޔޫގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަސްޓަމްސްގެ 190 އަށްވުރެ ގިނަ އޮފިސަރުންނަށް އިންޑިއާގައި ވަނީ ތަމްރީން ދީފައެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ޕާޓްނަރޝިޕްގެ ދަށުން 5 އަހަރުގެ ތެރޭގައި 2500 ދިވެހިން އެކި ތަމްރީނުތަކަށް އިންޑިއާއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *