Tuesday, 28 July 2026

ހިޔާ ފްލެޓުގެ 12 ފްލޯއިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ!

ހިޔާ ފްލެޓްގެ 6 ވަނަ ޓަވަރުގެ ބާރަވަނަ ފްލޯއިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ އެވެ.

މިރޭ ބާރަޖަހާކަށްހާއިރު ވެއްޓިފައިވަނީ ހއ. ދިއްދޫ، ޝަމަންވިލާ އުމުރުން 15 އަހަރުގެ މުޙައްމަދު އައިހަމް އިސްމާއިލް އެވެ.

އައިހަމް ނިޔާވިކަމަށް ބުނެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. އަދި އައިހަމްއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

"ރާއްޖެ 24″އަށް އެނގިފައިވާގޮތުގައި އައިހަމް އަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުއްޖެކެވެ.

ފުލުހުން ވަނީ މި މައްސަލަ ބަލަމުން އަންނަކަމަށް ބުނެފަ އެވެ. އަދި މިހާތަނަށް އައިހަމް ވެއްޓުނު ސަބަބެއް ފުލުހުން ހާމަކޮށްފަ އެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *