ވިލިމާލޭގެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ މީހުން ނޫޅޭ "ބަސްމަލާ" ނަމަކަށް ކިޔާ ފަޅުގެއެއްގައި ކަމަށާއި މި ގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ ފަތިހު 05:12 ހާއިރު ކަމަށެވެ.
އެމްޑީއެފް އިން ބުނީ އެއީ އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ ދެ ކޮޓަރި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާޚާނާއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.


