Tuesday, 28 July 2026

ރައީސް ޔާމީން ގެއަށް ބަދަލުކުރަނީ!

ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގެކޮޅަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާކަން ޕީޕީއެމްގެ އިސް ބޭފުޅަކު ކަށަވަރުކޮށްދީފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

ޔާމީން ގޭބަންދަން ދޫކޮށްލެއްވުމަށް ސަރުކާރުން މި ނިންމީ، އެގޮތަށް ކަންތައް ކުރެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާފައި އޮއްވަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *