Tuesday, 28 July 2026

އެމްޑީޕީގެ އައްޑޫ ދެ މެމްބަރުންނަށް ދިން ހަމަލާ އެޗްއާރްސީއެމުން ކުށްވެރިކޮށްފި

މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބާއި ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދެ މެމްބަރެއް ކަމަށްވާ މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ފޭދޫ ދާއިރާގެ މުހައްމަދު ނިހާދަށް ދިން ހަމަލާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ކުށްވެރި ކޮށްފަ އެވެ.

އެޗްއާރްސީއެމުން ދެންމެ ކުރި ޓްވީޓެއްގައި ވަނީ މެމްބަރު ޝަރީފު (މަވޯޓާ) އާއި މެމްބަރު ނިހާދަށް ހަމަލާދީ އަދި އަދިި މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށް އެކިވަރުގެ ހަމަލާ ދިނުން އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފަ އެވެ.

އަދި ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސްް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ކޮމިޝަނުން ކަމަެއްކަމަށް ވަނީ ބުނެފަ އެވެ.

ހަމައެހެންމެ، މި އަމަލުތަކަކީ ގާނޫނީ ގޮތުންވެސް ޖިނާއީ ކުށްތަކެއްކަން ހަނދާންކޮށްދީ، މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން އެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *