ރިޔާސީ އިންތިހާބާއި ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ވޭވްގެ ދަށުން މިހާތަނަށް 4 މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނިގޮތުގައި މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ އިންތިހާބާއި ގުޅުންހުރި އެކި ކަންކަމާއި ގުޅިގެންނެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ވޯޓް ކަރުދާސް ދެއްކުމާއި، ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން ހައްޔަރުކުރި މީހުން ހިމެނެ އެވެ. އަދި އެތަނުން އެކަކު ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބަށް ފުލުހުންގެ އެލާޓް ވަނީ އެންމެ މަތީ ދަރަޖައަށް ބަދަލުކޮށްފަ އެވެ.


