އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވޯޓް ލައްވައިފި އެވެ.
ވޯޓުލެއްވުމަށްފަހު ރައީސް ވިދާޅުވީ އެމަނިކުފާނަށް ފެންނަނީ ގިނަބަޔަކު ވޯޓުލާން ނުކުންނަ މަންޒަރުކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގަ ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ގިނަބަޔަކު ވޯޓުލާން ނުނުކުތުންކަމަށާއި، ނަމަވެސް ގިނަބަޔަކު ވޯޓުލާން ނުކުންނަމަންޒަރު ފެނި ވަޑައިގަންނަވާކަަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރައްވާނެކަމަށެވެ. ނަމަވެސް ކިތައް ޕަސަންޓުކަމެއް މޮޅުވާނީ ދަންނަވަން ދަތިކަމަށް ރައީސް ވިދާޅުވިއެވެ.


