ވޯޓުލުން ފެށިގެން ދެ ގަޑިއެއްހާއިރުތެރޭގައި 23 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަނުން ހާމަކޮށްފި އެެވެ.
އިލެކްޝަނުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ 10:00 އާހަމަޔަށް ޖުމްލަ 65،600 މީހުން ވަނީ ވޯޓުލާފަ އެވެ. އޭގެތެރޭގައި ހިމެނެނީ 27،291 އަންހެނުންނާއި، 308،309 ފިރިހެނުންނެވެ.
އީސީއިން ހާމަކޮށްފައިވާގޮތުން އެއް ފޮށި ފިޔަވާ އެހެން ހުރިހާ ފޮއްޓެއްގައި ވަނީ ވޯޓުލުން ފަށާފައެވެ. ދެ ވަނަ ބުރުގައި 586 ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ.


