Tuesday, 28 July 2026

ގޯތި ޔަގީންވާނީ ދެވަނަ ދައުރެއް ރައީސްއަށް ލިބުމުން – ޝާހިދު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހަވާލުކުރެއްވި ގޯތި ޔަގީންވާނީ ދެވަނަ ދައުރެއް ރައީސްއަށް ލިބުމުންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސޯސަން ޖަގަހަ ކަންމަތީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޝާހިދު ވިދާޅުވީ، މާލެ ތޮއްޖެހި، "އެކަކު އަނެކަކު" ގައިމަތީގައި ދިރިއުޅެމުންދާތާ އެތައް ޒަމާނެވެގެން ދިޔައިރުވެސް ކުރީގެ ސަރުކާރުތަކުން ދައްކަމުން އައީ ބަހަނާ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ގޯތި ދޭނެ ކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވަމުން ކަމަށް ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުން އުޅެންވީ މިއޮއް ވާދޫ ކަނޑު ހުރަސްކޮށްފައި ގޮސް މިއޮއް މާދިއްގަރު ފަޅު ތެރޭގައި ތިމަންމެން ހިއްކާ ތަނެއްގައޭ. ޔަގީންކުރައްވައްޗޭ، ޔަގީންކުރައްވައްޗޭ މިހާރު މި އަންނަން އުޅޭ ސަރުކާރުގެ ރައީސަކަށް އެ ބޭފުޅުން ހުށަހަޅުއްވައިގެން އުޅޭ ކެންޑިޑޭޓަކީ ގުޅިފަޅުގައި އަޅުގަނޑުމެން އެމްޑީޕީ ސަރުކާރުން އިމާރާތްކޮށްފައި ފްލެޓް ދިނީމާ އެ ފްލެޓްތަކުން މީހުން ނެރެ އެއްލާލި ސަރުކާރެއްގެ ހައުސިން މިނިސްޓަރު،" ޝާހިދު ވިދާޅުވިއެވެ.

އަދި މުއިއްޒަކީ ގުޅިފަޅުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފްލެޓް އަޅާފައި ފްލެޓް ދިން މީހުންގެ އަތުން އެތަންތަން އަތުލި ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުން، މާލޭގެ ރައްޔިތުންނަށް މިހާރު ދީފައިވާ ގޯތިތައް މުއިއްޒު އަތުނުލައްވާނެ ކަމަށް ނުވިސްނަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ މިހާރު ހަވާލުކޮށްފައި ހުރި ގޯތިތައް އަތުނުލާނެ ކަމަށް ވިސްނައިވަޑައިނުގަންނަވާތި." ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އުފާވެރި އަމާން ރާއްޖެއަކަށް ދިއުމަށް ޓަކައި ހުރިހާ ރައްޔިތުން ތިބީ އަތުގުޅައިލައިގެން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *