Tuesday, 28 July 2026

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަނުން އާންމުކޮށްފި އެވެ.

އިންތިހާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިންތިހާބަށް ރީ-ރެޖިސްޓްރީ ވުމަށް އިލެކްޝަނުން ހުޅުވާލި އެވެ. މި ފުރުސަތުގައި 47،000އަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓްރީ ކޮށްފައިވާކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައިވެސް ބޭރު ޤައުމުތަކުގައި 5 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އެ ގައުމުތަކުގައި ވޯޓުލުން ފަށާ ގަޑިތައް އީސީން ވަނީ އާންމުކޮށްފައެވެ.

މީގެއިތުރުން 66 ރިސޯޓެއްގައިވެސް ވޯޓް ފޮށި ބަހައްޓާނެކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 283،272 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. އަދި މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނޭ ކަމަށް އިލެކްޝަނުން ބުނެއެވެ.

ސެޕްޓެމްބަރު 30، ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *